
އައްޑޫ ސިޓީ
އައްޑޫ ސިޓީގެ ހުޅުމީދޫގައި ކުރީގެ ފުލުހަކަށް ހަމަލާދީފި
ސީއެންއެމް ނިއުސް ޓީމް
09 ޖުލައި 2025 - 16:47:50
އައްޑޫ ސިޓީގެ ހުޅުމީދޫގައި ރޭ ބަޔަކު ކުރިން ފުލުންގެ ވަޒީފާގައި އުޅުނު މީހެއްގެ ގައިގައި ޖަހައި މާރާމާރީއެއް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
"ސީއެންއެމް" އާ ވާހަކަ ދައްކަމުން ފުލުހުން ބުނީ ހަމަލާ ދީފައިވަނީ 22 އަހަރުގެ ފިރހެނަކަށް ކަމަށެވެ. އަދި އަނިޔާވި މީހާ އަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި، ހަށިގަނޑުގެ ބައެއް ތަންތަނަށް ކުދިކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބާބެހޭ ގޮތުން ސުވާލުކުރި ނަމަވެސް، ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހަމަލާ ދިން ފަރާތްތަކާބެހޭ އެއްވެސް ތަފްސީލެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންކަމަށް ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް