ސައިންސުވެރިންގެ ދިރާސާއިން ދައްކާގޮތުގައި ބިންގަނޑު އިރު ވަށައިގެން ދައުރުވާ ސްޕީޑު މިހާރު ހުރީ މީގެ ކުރިން ނުދެކޭ ވަރަށް އިތުރުވެފައެވެ.
މި އަހަރުގެ ސަމާ މޫސުމުގައި ތިން ދުވަހެއް މިގޮތަށް ދުވަސް އަވަސް ވާނެކަމަށް ސައިންސުވެރިން ގަބޫލުކުރެއެވެ، އެއީ ޖުލައި 9، ޖުލައި 22 އަދި އޯގަސްޓް 5 ވަނަ ދުވަސްތަކަކީ އާންމު ދުވަހަކަށްވުރެ 1.3 މިލިސެކަންޑާއި 1.51 މިލިސެކަންޑާ ދެމެދުގެ ވަގުތުން ކުރު ދުވަސްތަކެއްކަމަށް ސައިންސުވެރިން ފާހަގަކުރެއެވެ.
މިއީ ބިންގަނޑުގެ އިރު ވަށައިގެން ދައުރުވުން އަވަސްވުމުގެ ނަތީޖާއެކެވެ. ނަމަވެސް މިކަން މެދުވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ސައިންސުވެރިން އަންނަނީ މިއީ ކިހިނެއް ހިނގި ކަމެއްތޯ ސާފުކުރުމަށް އިތުރު ދިރާސާތައް ކުރަމުންނެވެ.