ads
ރައްޔިތުންގެ މަޖިލިސް
ޓްރާންސްޕޯޓުގެ ޕޯޓަލް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލަ މަޖިލީހަށް
ޓްރާންސްޕޯޓު މިނިސްޓްރީގެ ހުރިހާ ހިދުމަތްތައް ހިމެނޭ ޕޯޓަލެއް ތައްޔާރުކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލަ ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުވައިފިއެވެ.
Advertisement

މި ކަމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ބުނެ ކުޑޫ ވަނީ މި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ބެލުމަށް އެދިލައްވާފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ހުރިހާ ހިދުމަތްތަކެއް އެއް ޕޯޓަލްއަކުން ދިނުމަށް، އެ ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު މުހައްމަދު އަމީން ވަނީ ހާމަކުރައްވައިފައެވެ. މިނިސްޓަރު އަމީން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިނިސްޓްރީގައި ރަނގަޅަށް ހިންގާ އައިޓީ ޑިޕާޓްމެންޓެއް ނެތުމުން މި މަސައްކަތް ކުންފުންޏަކާ ހަވާލުކުރަން ޖެހުނު ކަމަށެވެ. ކުރީގެ ޕޯޓަލް އޮތީ ރައްކާތެރިކަމެއް ނެތި ގިނަ ބަޔަކަށް ވަދެވޭގޮތަށް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. 

ކުޑޫގެ ސިޓީގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުގެ ދަށުން "ޑިޖިޓަލް ޓްރާންސްފޮމޭޝަން"ގެ އަސާސްތައް ކަނޑައެޅިފައިވަނިކޮށް، ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތްތައް ދޭ ޕޯޓަލެއް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. 

އަދި ޓްރާންސްޕޯޓު މިނިސްޓްރީއަކީ ކުރީގައި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގު މަންފާތައް ހޯދާދީފައިވާ މާޒީއެއް އޮތް މިނިސްޓްރީއެއް ކަމަށްވެސް ކުޑޫ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް