
ފަޒީލާ ހިޖާމަ ތެރަޕީ ދެނީ
ހިކޭ ހިޖާމާގެ މައްސަލަ ބޮޑުވެ، ކަން ހިގާދިތަގޮތް ފަޒީ ކިޔައިދީފި
ގުފްތަގް އަޖީރު
09 ޖުލައި 2025 - 16:43:40
ހިޖާމާގެ އެންމެ ސެޝަނަކުން ތިން ނުވަތަ ހަތަރު ކިލޯ ލުއިކޮށްދޭނެކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓްކުރުމާއި ގުޅިގެން މައްސަލަ ބޮޑުވުމާއި ގުޅިގެން، 'ފަޒީސް ހިޖާމާ ތެރަޕީ' ހިންގާ ފަޒީލާ އުސްމާން (ފަޒީ) ކަން ހިނގައިދިޔަ ގޮތް ކިޔައިދީފިއެވެ.
އޭނާ ވަނީ ބަރުދަން ލުއިކުރުމަށް ހިޖާމާއަށް އޭނާއާ ގުޅުމަށް ކަސްޓަމަރުންނަށް އެދިފައި ނުވާނެކަމަށް ފޭސްބުކް މެދުވެރިކޮށް ބުންފައެވެ.
މި މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަކަމަށް ބައެއް ނޫސްތަކުން ބުނި ނަމަވެސް، އެކަން ފަޒީ ވަނީ ދޮގުކޮށްފައެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވާގޮތުން އޭނާއަށް މިހާރު ހެލްތް މިނިސްޓްރީން ވަނީ ހިޖާމާގެ އެންމެ ސެޝަނަކުން ހަތަރު ކިލޯ ހިކޭ ގޮތުގެ ހެކި ހުށަޅަން އަންގާފައެވެ.
"އަޅުގަނޑުގެ އެއްވެސް މައްސަލައެއް ހެލްތް މިނިސްޓްރީން ނުބަލާ. ނުވެސް ގުޅާ،" ފަޒީ ބުންޏެވެ.
ފަޒީލާ ބުނީ އޭނާގެ ކުލިނިކުގައި ބަރުދަން ލުއިކުރުމަށް ހިޖާމާގެ ހިދުމަތް އަބަދުވެސް ދެމުންދާ ކަމަށާއި، ހައްގު ހަލާލު ގޮތުގައި ކުރާ ބުރަ މަސައްކަތެއް އެއްވެސް ފަރާތަކަށް ނިގުޅައިގަތުމުގެ ބާރެއް ނުވާނެކަމަށެވެ.
މި މައްސަލައިގައި ހެތުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
65%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް