
މީ މިދިޔަ އަަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު އާ 8.9 އިންސައްތައިގެ އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީން ރޭ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ބުނީ އާމްދަނީގެ އިތުރުވުމާ އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް 1 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ. މީ 60.1 އިންސައްތައއިގެ އިތިރުވުމެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މދިިޔަ އަހަރުގެ ޖޫން މަހާއި އަޅާކިޔާއިރު މިއަހަރު ހަރަދުތައް 17.8 އިންސައްތަ ދަށަށް ގޮސްފައިވާކަމަށެވެ. އަދި ބަޖެޓުގެ އޯވައޯލް ބެލެންސް 627 މިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ވެފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިދިޔަ މަހުވެސް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކުހުންނެވެ. އެގޮތުން ޓެކުހުގެ އާމްދަނީ އަކީ 14.2 ބިލިއަން ރުފިޔާ އެވެ.