ads
ވެލާނާ އިންޓަ ނޭޝަނަލް އެއާޕޯޓް (ވީއައިއޭ)
ޝެޑިއުލް ފްލައިޓް އިތުރުވެ ރާއްޖެ ޖެއްސި ޖެޓްތައް މަދުވެއްޖެ
މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ވެލާނާ އިންޓަ ނޭޝަނަލް އެއާޕޯޓަށް ޖެއްސި ޝެޑިއުލް ފްލައިޓްތަކުގެ އަދަދު އިތުރުވެ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ދަށަށް ހިނގައްޖެއެވެ.
Advertisement

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ވީއައިއޭއަށް ވަނީ 7613 ފްލައިޓް ޖައްސާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ވެލާނާ އެއާޕޯޓްގައި ޖެއްސި ފްލައިޓްގެ އަދަދަކީ 7193 އެވެ.

މިއަދަދުން ބޮޑު ބަޔަކީ ޝެޑިއުލްކޮށްގެން ރާއްޖެއަށް ދަތުރުކުރި ފްލައިޓްތަކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޖެއްސި ޝެޑިއުލް ފްލައިޓް އަދަދަކީ 6961އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެ އައި ޝެޑިއުލް ފްލައިޓްގެ އަދަދަކީ 6523 އެވެ. 

ޝެޑިއުލް ފްލައިޓްގެ އަދަދު އިތުރުވި ނަމަވެސް މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ފުރަތަމަ ފަސްމަހު ރާއްޖެއަށް ޗާޓަރުކޮށްގެން އައި ފްލައިޓްތަކާއި ޖެއްސި ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު  670 ޖެޓާއި ޗާޓަރު ފްލައިޓްތައް ރާއްޖެ ޖެއްސިއެވެ. އެހެންނަމަވެސް މިއަހަރު އެ އަދަދު ހުރީ 652 ގައެވެ. 

your imageވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް ފެންނާނެގޮތް 

ވެލާނާ އިންޓަ ނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މިމަހުގެ 26 ވަނަދުވަހު ހުޅުވުމަށް ވަނީ ނިންމާފައެވެ. އެކަމަށް ވާންޖެހޭ ތައްޔާރިތައް އެމްއޭސީއެލުން އަންނަނީ ވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް