މި މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތައްކަމަށް ސީއެސްސީން ބުނެއެވެ. އެސްޖީން ހޯދަނީ ދެ ލެވެލެއެއްގައެވެ.
އޭގެ ތެރެއިން އެއް ލެވެލްގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 16،100 ރުފިޔާ ލިބެއެވެ. އަދި އަނެއް ލެވެލްއަށް 15،285 ރުފިޔާ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި ލިބެއެވެ.
މި މަގާމަށް ހޮވޭ ފަރާތްތަކަށް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެކަމަށްވެސް ސީއެސްސީން ބުނެއެވެ.
އެސްޖީ ހޯދާ ރަށްތައް
ސީއެސްސީން ބުނިގޮތުގައި އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މި މަހުގެ 22 އިން އޮގަސްޓް 21 އާ ދެމެދުގައިކަމަށެވެ. އިންޓަވިއު އާއި ޕްރެޒެންޓޭޝަން ކުރިއަށް ގެންދާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްކަމަށްވެސް ސީއެސްސީން ބުނެއެވެ.
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހާއި 15 ދުވަސް ތެރޭގައި އެ މަގާމަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބުނު ގޮތް އާންމުކުރާނެކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.