
މި އަހަރަށް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ޖުމްލަ 8,016.6 މިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު، މި ހަރަދަކީ ދައުލަތުގެ ކެޕިޓަލް ހަރަދުގެ ބޮޑު ބައެއް ކަމަށް ބެލެވެއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ހަރަދުކޮށްފައިވާ މިންވަރު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. ބޮޑު ބަޖެޓެއް ލިބިފައިވާ މިނިސްޓްރީތަކުގެ ތެރެއިން ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީއަކީ އެއް މިނިސްޓްރީއެވެ. ނަމަވެސް މިދިޔަ އަހަރު ޖޫން 26 ގެ ނިޔަލަށް 3,463.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއަހަރު މިހާތަނަށް ހަރަދުކޮށްފައިވަނީ 1,272.3 މިލިއަން ރުފިޔާއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހަރަދަކީ ދައުލަތުގެ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މުހިންމު ބައެކެވެ. މި ޕްރޮގްރާމްގެ ދަށުން މަގުތައް ހެދުމާއި، ބްރިޖްތައް އެޅުމާއި، ވައިގެ ބަނދަރުތައް އިމާރާތްކުރުމާއި އަދި ގެދޮރު އިމާރާތްކުރުން ފަދަ މަޝްރޫއުތައް ހިންގެއެވެ. އަހަރުގެ މެދުތެރެއާ ހަމައަށް ޕީއެސްއައިޕީގެ ޖުމްލަ ހަރަދަކީ 1,984.6 މިލިއަން ރުފިޔާހަރަކޮށްފައިވެއެވެ.