ads
ކާމިޔާބުކާމާއެކު ދިވިޔަންކާ ކެރެޓު ކޭކެއް އަޅައިފި
ސްޓާ ޕްލަސް އިން ދެއްކި ކާމިޔާބު ޑްރާމާ، ޔޭ ހޭ މޮހައްބަތެއިންގައި އިޝިތާގެ ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ، ދިވްޔަންކާ ޓްރިޕާތީ ކާމިޔާބުކާމާއެކު ކެރެޓު ކޭކެއް އަޅައިފި އެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ހޯމް އައިސޮލޭޝަނުގައި ހުރި ދިވްޔަންކާ އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ގޭގައި ކުރާ ކަންކަން ހިއްސާކުރަމުންނެވެ. 

އެގޮތުން ކެއްކުމުގެ ހުނަރު އިތުރުކުރުމަށް ހޯމް އައިސޮލޭޝަނުގައި ހުރެ އޭނާ އަންނަނީ އަބަދުވެސް ކޮންމެސް ކެއުމެއް ތައްޔާރުކުރުމުގައި އުޅެމުންނެވެ.

ދާދި ފަހުން އިންސްޓަގުރާމު މެދުވެރިކޮށް ދިވްޔަންކާ ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ ކެރެޓު ކޭކެއް ކާމިޔާބު ކަމާއެކީ ފުރަތަމަ ފަހަރަށް އަޅާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކޭކު ވަރަށް މީރު ކަމަށް ވެސް އެނާ ވަނީ ބުނެފަ އެވެ.

ދިވްޔަންކާއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. ދިވްޔަންކާއަށް ވަނީ މުޅިން އަލަށް ނެރެން އުޅޭ ވެބް ސީރީޒެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިބިފަ އެވެ. އެގޮތުން އެވެބް ސީރީޒުގައި ދިވްޔަންކާ ފެނިގެންދާނީ ޝެފެއްގެ ގޮތުގަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް