ads
އޭޖީ އަދި އޭސީސީގެ ރައީސް
އޭސީސީއާއެކު ބޭއްވި ސިއްރު ކޮމެޓީގެ މަޝްވަރާ ހާމަވެއްޖެ
ހިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން ވަކި އޮފީހެއް ގާއިމްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މަޝްވަރާކުރިކަން ހާމަވެއްޖެއެވެ.
Advertisement

މިކަން ހާމަވި ނަމަވެސް، އިއްޔެ ބޭއްވި އޭސީސީގެ ބައްދަލުވުން ވަނީ އޭސީސީގެ އެދުމުގެ މަތިން ސިއްރުކޮށްފައެވެ. ނަމަވެސް އެ ކޮމެޓީގެ ބައެއް މެންބަރުން ވަނީ މީޑިއާތަކަށް ކޮމެޓީގައި މަޝްވަރާކުރެވުނު ކަންކަން ހާމަކޮށްފައެވެ. 

ސިއްރުން ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި މެމްބަރެއް ހާމަކުރި ގޮތުގައި އޭސީސީން މަޝްވަރާކޮށްފައިވަނީ ކޮރަޕްޝަންގެ ސީރިއަސް މައްސަލަތަކާއި އުނދަގޫ މައްސަލަތައް އަވަހަށް ތަހުގީގުކުރުމަށާއި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް "ސީރިއަސް ފްރޯޑް" ނަމުގައި ވަކި އޮފީހެއް ގާއިމްކުރުމާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އޭސީސީން ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވުމެވެ. އަދި އެންސްޕާ އޮފީސް އިމާރާތް ކުއްޔަށް ދިން މައްސަލައާ ގުޅޭގޮތުން ބައެއް މައުލޫމާތު ވެސް މި ބައްދަލުވުމުގައި އޮޅުންފިލުވުމަށް ނިންމިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް