
މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް އޮތް ސަރަހައްދު ކުރުން ބަލަހައްޓަމުން ދިޔައީ މާލެ ސިޓީ ކައުންސިލުންނެވެ.
އެމްޕީއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ޓްރާންސް ޕޯޓު މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މަސްދޯނިތައް އަޅާ ސަރަހައްދާއި ލޯކަލް މާރުކޭޓުގެ ހުރަސްތޮށި ސަރަހައްދު ހިންގުމާއި ބެލެހެއްޓުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. އަދި މި ބަނދަރު ހިންގާނީ މާލޭ ނޯތު ހާބަރުގެ ފަރާތުން ކަމަށްވެސް އެމްޕީއެލްއިން ބުންޏެވެ.
މި ބަދަލާ ގުޅިގެން، އެމްޕީއެލްއިން ވަނީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ހުޅުވާލައިފައެވެ. އަދި ރަޖިސްޓަރީ ނުކުރާ އުޅަނދުތައް އަންނަ މަހުގެ އެކެއްގެ ކުރިން މާލޭ ނޯތު ހާބަރުގައި ރަޖިސްޓްރީ ކުރުމަށް އެމްޕީއެލްއިން އަންގާފައިވެއެވެ. އެ މުއްދަތަށްފަހު ހިދުމަތް ދޭނީ ހަމައެކަނި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.