
ނަބީހު އަފީފާއި އިތުރު މީހެއްގެ މައްޗަށް އަށް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރީ ނަބީހު އާއި ގއ. ކޮލަމާފުށީ އިސްހާގު މުހައްމަދު ކިޔާ މީހެއްގެ މައްޗަށް ޑީބްލޫ ޕްރައިވެޓް ލިމިޓެޑުން ދައުވާއަކާ ގުޅިގެންނެވެ.
ޑީބްލޫ ޕްރައިވެޓް ލިމިޓެޑުން ދައުވާކުރީ އެ ދެ މީހުން ކުއްޔަށް ހިފާފައިވާ ކެފޭއަކަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުލި ނުދައްކާ ކަމަށް ބުނެ, ކުލީގެ ގޮތުގައި 880,000ރ. އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 15,000ރ. ހޯދުމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަސީދު އިއްވި ހުކުމުގައި ބުނެފައިވަނީ މި ދެމީހުންނަށް މައްސަލައިގެ ލިޔެކިޔުންތައް ލިބުނު ނަމަވެސް، ދިފާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެ ދެ މީހުންގެ ގައިރު ހާޒިރުގައި ކުރި ހުކުމްމުގައި ބުނީ މި ފައިސާ ޑީ ބްލޫއަށް ލިބިދިނުމުގެ ގޮތުން، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދެއްކުމުގެ ގޮތުން، އެ ފައިސާ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައްކާ ހަލާސްކުރުމަށް، ނަބީހު އަދި އިސްހާގުއަށް އަންގާ ކަމަށެވެ.