ads
ރައީސް މުހައްމަދު ނަޝީދު
ފަލަސްތީނު ހުސްކުރަން ކުރާ މަސައްކަތް ފެއިލް ވާނެ: ރައީސް ނަޝީދު
ފަލަސްތީނު ރައްޔިތުން އެ ބިމުން ނެރުމަށް ކުރާ ކޮންމެ މަސައްކަތެއް ފެއިލްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

މި ވާހަކަ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދުގެ ޕޯސްޓުގައި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމައާއި ގަތުލްއާންމު ވަގުތުން ހުއްޓާލަން ޖެހޭކަމަށް ވިދާޅުވެފައިވެއެވެ. އަދި ދެމެހެއްޓެނިވި ސުލްހައަކަށް ވާސިލްވުމަށް ފަލަސްތީނު ރައްޔިތުންނަށް ހައްގުތައް ލިބިދީ، އެއްމެންނަށް ސުލްހަ ގާއިމުކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި 57،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެފައިވާއިރު، ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. އެމެރިކާ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ހަނގުރާމަ 60 ދުވަހުގެ ހުއްޓުމަކަށް އައުމުގެ އުއްމީދު އޮތް ކަމަށެވެ. އަދި ހަމާސް އިން މި ފަހުގެ ހުށަހެޅުންތަކަށް އިޖާބަދީފައިވާ ކަމަށްވާއިރު، އަދިވެސް ސުލްހަ އެއްބަސްވުމެއް ހޯދުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް