ads
ހުޅުމާލެ ރަށު މާރުކޭޓް: ފޮޓޯ -- އަވަސް
ހުޅުމާލެ ރަށު މާރުކޭޓުން 5 ގޮޅި ކުއްޔަށް ދޫކުރަނީ
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމާ އެ ތަންތަން ކުއްޔަށް ހިފަން ބޭނުން ފަރާތްތަކުން ކުރިމަތިލާން ހުޅުވާލައިފިއެވެ.
Advertisement

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ ހުންނަ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަަހުގެ 23ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ނިޔަލަށް ހުޅުވާލާފއިވާކަމަށެވެ. 

އެޗްޑީސީން ބުނީ މާރުކޭޓު ގޮޅިތައް ހިންގުމަށް އެ ތަންތަން ކުއްޔަށް ދޫކުރާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުތައް ހަމަވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ.

ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން އޮންނާނީ މި މަހުގެ 16ވަނަ ދުވަހު ހެނދުނު 10 ޖަހާއިރު ކަމަށް ވެސް، އެޗްޑީސީން ބުނެއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓުން ގޮޅި ހިފަން އެދޭ ފަރާތްތަކަށް އެކަމަށް އެދޭ ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެކަމަށް އެޗްޑީސީން ބުނެއެވެ. 

އެޗްޑީސީން ބުނި ގޮތުގައި ދެ އަހަރަށް ދޫކުރާ އެ ގޮޅިތަކަކީ 73.33 އަކަފޫޓުގެ ގޮޅިތަކެއްކަމަށެވެ. އަދި ގޮޅިއަށް މަހު ކުލީގެ ގޮތުގައި 7،500 ރުފިޔާ ދައްކަން ޖެހޭއިރު ލީސް ޑިޕޮސިޓްގެ ގޮތުގައި 22،500 ރުފިޔާ ދައްކަންޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް