ads
މޫސުން ގޯސް ދުވަހެއް: ފޮޓޯ ސީކްރެޓް ޕެރަޑައިސް
އދ. އަތޮޅުން އައްޑޫއަށް ބޯކޮށް ވާރޭވެހި ގުގުރާނެ
އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.
Advertisement

މި އެލާޓް ނެރެފައިވަނީ މެންދުރު 13:15 އިން ފެށިގެން 18:00 އަށް ދެމިގެންދާ ގޮތަށެވެ.

މެޓުން ބުނީ މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް މި ދުވަސްކޮޅު މޫސުން ގޯސްވެ، ވައި ގަދަވެ، ގަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓްއިން ވަނީ އިންޒާރުދީފައިވެއެވެ.

އުތުރަށް މޫސުން އެހާ ގޯސްނުވިޔަސް ދޭތެރެ ދޭތެރެއިން ވާރޭ ވެހުމުގެ ފުރުސަތު އެބައޮތެވެ. އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކުރާ ކަމަށް އޮފިޝަލު ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް