ads
ނެހާ---
ނެހާގެ މައިންބަފައިން އޭނާ އިންނާނެ ކުއްޖެއް ހޯދަނީ
އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު އާ އިންނާނެ ކުއްޖަކު ހޯދުގެ މަސައްކަތް އޭނާގެ މައިންބަފައިން ކުރަމުން އަންނަ ކަމަށް ނެހާ ބުނެފިއެވެ.
އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ނެހާ ކައްކަރު އާ އިންނާނެ ކުއްޖަކު ހޯދުގެ މަސައްކަތް އޭނާގެ މައިންބަފައިން ކުރަމުން އަންނަ ކަމަށް ނެހާ ބުނެފިއެވެ.

އިންޑިއަން އައިޑަލް 11ގެ "ޝާދީ ސްޕެޝިއަލް" އެޕިސޯޑުގައި ނެހާ އެހެން ބުނެފައިވާއިރު ނެހާ ވަނީ ދާދި ފަހުން އޭނާ ހުރީ ހުސްކޮށް ކަމަށް ބުނެފައެވެ. އެހަބަރު ވެގެން ދިޔައީ ނެހާ ދެކެ ލޯބިވާ ފަރާތްތަކަށް ވަރަށް އުޗާވެރި ހަބަރަކަށެވެ.

ނެހާ އެންމެ ފަހުން ފެނިގެން ދިޔައީ ޓޯނީ ކައްކަރުގެ ވީޑިއޯ ލަވަ "ކުޗް ކުޗް ހޯތާ ހެ" އިންނެވެ. ގިނަ ރީތި ލަވަތަކެއް ހުށަހަޅައިދީފައިވާ ނެހާ އަކީ ބޮލީވުޑުގައި މިހާރު ހުރި އެންމެ ކުޅަދާނަ އަންހެން ލަވަ ކިޔުންތެރިޔާ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ނެހާ ކިޔާފައި ހުރި ބައެއް ލަވަތަކުގެ ތެރޭގައި "ޗީޒް ބަޅީ" އާއި "މިލޭ ހޮ ތުމް ހަމްކޯ" އާއި "ދިލްބަރް" އާއި "ކޮކާ ކޯލާ" އާއި "ކާލާ ޗަޝްމާ" އާއި "ޗަމްމާ ޗަމްމާ" އާއި "މާހީ ވޭ" އަދި "އާންކް މާރޭ" ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް