ads
އިސްލާމިކް ލައިބްރަރީގެ ނަންބޯޑު ކައިރީގައި މިނިސްޓަރު ޝަހީމް
15,000 ފޮތާއެކު ސަލްމާން މިސްކިތުގެ އިސްލާމީ ލައިބްރަރީ މިރޭ ހުޅުވަނީ
ޖުމްލަ 15,000 ފޮތާއެކު ސަލްމާން މިސްކިތުގެ އިސްލާމީ ލައިބްރަރީ މިރޭ ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ މި ލައިބްރަރީއަކީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ މުހިންމު ތަނެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގެ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ފޯރުކޮށްދިނުމަށް އެކުވެރި ގައުމެއްގެ ޔުނިވަސިޓީއަކުން 60 ހާސް ފޮތް ހަދިޔާކުރުމަށް ނިންމާފައިވާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. މިގޮތުން ހއ. ދިއްދޫ، ރ. އުނގޫފާރު، ތިނަދޫ ސިޓީ، އަދި އައްޑޫ ސިޓީގައި ހުރި އިސްލާމިކް ސެންޓަރ ލައިބްރަރީތަކުގެ އިތުރުން އެހެނިހެން އަތޮޅުތަކުގައި ގާއިމުކުރެވޭ އިސްލާމީ ލައިބްރަރީތަކަށް މި ފޮތްތައް ލިބޭނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ކުތުބުހާނާތައް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިރޭ ހުޅުވާ ސަލްމާން މިސްކިތުގެ ލައިބްރަރީއަކީ އިސްލާމީ އިލްމު ހާސިލުކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންތެރި ވަސީލަތެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް