ލޯކަލް ގަވަރު މަންޓު މިނިސްޓްރީން މި މަސައްކަތް ފަށާފައިވަނީ އޯކިޑް ޕްލާޒާ، ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ އާންމުންނަށް ނުރައްކާވެދާނެ ހާލަތެއްގައި ހުރުމުންނެވެ.
ތިން ފަންގިފިލާގެ އޯކިޑް ޕްލާޒާއަކީ ކުރީގެ މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑްގެ އިމާރާތެކެވެ. އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ހުރުމުގެ ސަބަބުން އިމާރާތުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ އެ އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް ވެފައިވާ ކަމަށް ޝަކުވާ ކޮށްފައެވެ.
އެމްއެންޑީއެފުން ކުރިން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، އޯކިޑް ޕްލާޒާއާއި ހައުސް ޕްލާޒާގައި މީގެ ކުރިން ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގެ ގިނަ އަދަދެއްގެ ހާދިސާތައް ހިނގާފައިވަނީ އިމާރާތުގައި ހުރި ކުނިބުނީގައެވެ.