ads
މަގު ހުރަސްކުރި 59 އަހަރުގެ އަންހެނެއްގައި ސައިކަލަކުން ޖެހި ފަރުވާދެނީ
ޒިބްރާ ކޮރޮސްމަތިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ ފަރުވާ ދޭން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ މިއަދު މެންދުރު 2:16 ހާއިރު މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 1 ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންކަމަށެވެ. 

މި އެކްސިޑެންޓުގައި ސައިކަލުން ޖެހި އަނިޔާވީ 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން އަންނަކަމަށާއި އެ މީހަށް ސީރިއަސް އަނިޔާއެއް ނުލިބޭކަމަށް ފުލުހުން ބުނެއެވެ. 

އަންހެން މީހާގައި ގައި ޖެހުނު ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ޓޯކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް