ads
ރައީސް މުއިއްޒު:
ކޮންމެ ލައިބްރަރީއަކީ ފަނޑުވުމެއް ނެތް ދަންމަރެއް: ރައީސް މުއިއްޒު
ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ގައުމީ ލައިބްރަރީގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޝެއާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވަނީ ލައިބްރަރީ ހިދުމަތުގައި އަވަދިނެތި ބުރަކޮށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް، އެފަރާތްތަކުގެ ހިދުމަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ. ގައުމީ ލައިބްރަރީ ރާއްޖޭގައި ހުރި އެންމެ ބޮޑު އާކައިވްއެވެ. މި ލައިބްރަރީ ތަފާތު ވައްތަރުގެ ފޮތްތަކާއި ދިވެހިންގެ ތާރީހް އެނގިގެންދާނެ އެކި ފޮތްތައް ލިބެން ހުރެއެވެ.

ކުރިން ކުޑަތަނެއްގެ ގޮތުގައި ހިންގަމުން އައި މި ލައިބްރަރީގެ ޖާގަ މިހާރު ވަނީ ބޮޑުކޮށް، ކުރިން ނުލިބޭ އެތައް ހިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދެއެވެ. ގައުމީ ލައިބްރަރީގައި 10،000 އަށްވުރެ ގިނަ ދިވެހިބަހުގެ ފޮތް ރައްކާކުރެވިފައި ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް