ads
ހަރަމްފުޅުގައި ގައިދުރުކަން ބަހައްޓައިގެން ތަރާވީހު ނަމާދު ކޮށްފި
މިއަހަރުގެ ރަމަޟާން މަހުގެ ތަރާވީހު ނަމާދު މަސްޖިދުލް ހަރަމްގައި ކުރީ ގައިދުރުކަން ބަހައްޓައިގެންނެވެ.

ކޮވިޑް-19 އާ ގުޅިގެން ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ގިނަ މުސްލިމް ގައުމުތަކުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ނިންމުން ގިނަ ގައުމުތަކުން ނިންމާފައިވަނީ ސައުދި އަރަބިއްޔާއިން އެގައުމުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ނިންމި ފަހުންނެވެ.

ސައުދީގައި ތަރާވީހު ނަމާދު ދެ ހަރަމްފުޅެއްގައި ކުރުމަށް ސައުދީ ރަސްގެފާނު ނިންމާފައިވާއިރު، މި އަހަރުގެ ތަރާވީހު ނަމާދު ކޮށްފައިވަނީ ގައިދުރުކަން ބަހައްޓައިގެންނެވެ.

ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ސައުދީ ސަރުކާރުން ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފައި ވާއިރު، މީހުންގެ ސިއްހަތާއި މެދު ވިސްނާ ރޯދަމަހުގެ ތަރާވީހު ނަމާދުވެސް ގޭގައި ކުރުމަށް ސައުދީ އިސްލާމިކް އެފެއާޒް މިނިސްޓްރީން ވަނީ ރޯދަ މަސް ފެށުމުގެ ކުރިން އަންގާފަ އެވެ. 

މިގޮތުން، މުސްލިމުންގެ އެންމެ މުގައްދިސް ދެ ބިން ކަމަށްވާ މައްކާގައި ހުންނަ މަސްޖިދުލް ހަރަމްއާއި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގައި ވެސް ރޯދަ މަހު ފަރުޟު ފަސް ނަމާދު ނުކުރުމަށް ވަނީ ނިންމާފަ އެވެ.

ރޯދަ މަހާއި ގުޅިގެން ޒަރޫރީ ބޭނުންތައް ފުއްދުމުގެ ގޮތުން ސައުދީ ސަރުކާރުން އިއުލާނު ކޮށްފައިވާ ކާފިއުގެ އަމުރު މިއަދުން ފެށިގެން އަންނަ މޭ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ލުއި ކުރުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ނިންމަވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް