ކަލަންޑަރުގައި ޖަހާނެ ފޮޓޯ ހޯދަން މިނިސްޓްރީން ވަނީ "ކަލަންޑަރ ފޮޓޯ މުބާރާތް 2025" ނަމުގައި މުބާރާތެއް ހުޅުވާލާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގެ މަޤްސަދަކީ އަންނަ އަހަރަށް އެ މިނިސްޓްރީން ތައްޔާރުކުރާ ރަސްމީ ކަލަންޑަރުގައި ހިމަނާނެ 13 ފޮޓޯ ހޯދުންކަމަށެވެ. ކަލަންޑަރުގައި ހިމަނާނީ މިމުބާރާތުން އެންމެ ރަނގަޅުކަމަށް ފަނޑިޔާރުން ހޮވާ 13 ފޮޓޯކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ފޮޓޯ ހުށަހަޅަން ލިންކް އަށްކަމަށް މިނިސްޓްރީން ބުނެއެވެ.
މި މިބާރާތައް މިމަހުގެ 31 ވަނަދުވަހު ދަންވަރު 23:59 ގެ ކުރިން ފޮޓޯ ހުށައެޅޭކެމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 3020262 3020263 9440044 (ވައިބަރ/ވަޓްސްއެޕް) ނަންބަރާ ގުޅުމަށް އެ މިނިސްޓްރީން އެދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;