މިދިޔަ ބުރާސްފަތި ދުވަހު ގދ. ގައްދޫން ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދި އެ ރަށު، ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދުއެވެ. އޭނާ ނިޔާވެފައި، އޮއްވާ ފެނުނީ މިއަދުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަކަރިއްޔާ ފެނުނީ 11:45 ހާއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފެނުނީ ގަމު ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ.
ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ނިޔާވެފައި އޮއްވާ މިއަދު ފެނުނުއިރު، އޭނާ ދުއްވި ޑިންގީ އިއްޔެވަނީ 10 މީޓަރު އަޑިން ފެނިފައެވެ.