ads
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލްގެ އެއްގަމަށް އޮންނަ މަގުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރުމަށްޓަކައި އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.
Advertisement

މި ބަދަލުތަކާއެކު އެއާޕޯޓަށް ވަންނަން މިހާރު ބޭނުންކުރާ ބޭރު މަގުގެ ބަދަލުގައި އެއާޕޯޓަށް ވަދެ ނުކުތުމަށް ބޭނުން ކުރަން ޖެހޭނީ އާ ޓާމިނަލްގެ ކުރިމައްޗަށް އޮންނަ މަގެވެ. އަދި ޓެކްސީ ކިޔު ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ފަސިންޖަރު ވޯކްވޭގެ ނިމޭ ހިސާބަށެވެ. މީގެ އިތުރުން ޓެކްސީ ޑްރޮޕް-އޮފް ޕޮއިންޓާއި އެމްޓީސީސީގެ ބަސް ނައްޓާލާނީ އަދި މަޑުކުރާނީ ވެސް މި ސަރަހައްދުންނެވެ. އެމްއޭސީއެލް އިން ބުނެފައިވަނީ ޔޫ ޓާން ނެގޭނީ ހަމައެކަނި ޕޮލިސް ޗެކްޕޮއިންޓް ސަރަހައްދުން ކަމަށެވެ.

މި ބަދަލުތައް ދެމިއޮންނާނީ 12 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ވީއައިއޭގެ އައު ޕެސެންޖާ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިކަމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލްއިން މިހާރު އަންނަނީ ވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް