އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތަރުވަނަ ނަސީބުވެރި ފަރާތަކަށް ޅ. ހިންނަވަރުގެ އީސާ އަލިފުޅު ހޮވި، އޭނާއަށް އުމްރާ ދަތުރެއް ހަދިޔާކޮށްފިއެވެ.

Advertisement
އީސާގެ ފަރާތުން މި އިނާމާ ހަވާލުވެފައިވަނީ އާމިނަތު ޝައްފާ އަބްދުއްލާ ޝަފީއުއެވެ.
އުރީދޫ މޯލްޑިވްސްގެ މި ހާއްސަ ކެމްޕެއިނަކީ ކުންފުނީގެ 20 އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބޭނެ އިރު، ކެމްޕެއިންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއްވެސް ހަދިޔާކުރާނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހެއެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއިން މަތީން ބިލް ދައްކަން ޖެހެއެވެ. އުރީދޫއިން މި ކެމްޕެއިން ބާއްވަނީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.