
މިކަން ފަޒުލް ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައެވެ.
ފަޒުލްއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ. އަތޮޅު ފެލިދޫ ދާއިރާ ތަމްސީލްކުރެއްވި މެމްބަރެކެވެ. ފަޒުލްއާ ހަވާލުކޮށްފައިވަނީ އޭނާ ކުރިން ތަމްސީލުކުރެއްވި ދާއިރާގެ ތިން ރަށް ހިމެނޭގޮތަށް ވ. އަތޮޅުގެ 6 ރަށުގެ ކެމްޕެއިން މެނޭޖްކުރުމުގެ މަސްއޫލިއްޔަތެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ވިއްކާލި ކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް ކުރެވުނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން ފަޒުލްގެ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން 1.4 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ނަމަވެސް، ފަހުން އެ ފައިސާ ވަނީ އަނބުރާ ފަޒުލްއާ ހަވާލުކޮށްފައެވެ. މި މައްސަލަ ތަހުގީގުކުރަން ފެށުމަށްފަހު، ޑިސެންބަރު 21 ވަނަ ދުވަހު ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވާފައެވެ.