ads
ޖުވެނައިލް ކޯޓު
ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ތަމްރީނުތަަަކެއް ފަށައިފި
ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްނަގައިގެން ތަމްރީނުތަކެއް ފަށައިފިއެވެ.
Advertisement

ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްނަގައިގެން ތަމްރީނުތަކެއް ފަށައިފިއެވެ. މި ތަމްރީނުތައް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ޖުވެނައިލް ޖަސްޓިސްގެ ސޯޝަލް ސަރވިސް އިން ބުނީ މި ތަމްރީނުތަކަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދަށް އައުމާއެކު މި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކަށް ހާއްސަކުރެވޭ ތަމްރީނުތަކެއް ކަމަށެވެ.

އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމު ތަންފީޒުކުރާ މީހުންނަކީ ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ބަޔަކަށް ވާންޖެހޭކަމަށާއި، މި ތަމްރީނުތަކުގައި ނިޒާމު ތަންފީޒުކުރާ ބަޔަކަށް އެނގެންޖެހޭ މުހިންމު ކަންކަމާއި، އެންމެހާ މުއައްސަސާތައް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން އަލިއަޅުވާލެވޭނެ ކަމަށް އެ ސާވިސް އިން ބުނެއެވެ. 

މި ތަމްރީނުތަކުގައި މައުލޫމާތު ދެނީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ 5 މުއައްސަސާއިންނެވެ. އެއީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ޖުވެނައިލް ކޯޓުގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހެވެ. 

ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދުވީ 2019 ވަނަ އަހަރު ކަމަށާއި މި ގާނޫނު ވުޖޫދުވިފަހުން މިއީ ކުރިއަށްގެންދެވޭ 9 ވަނަ ތަމްރީނު ޕްރޮގްރާމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް