ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓް ހިނގީ ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރި މީހެއް ގައިގައި ބާރު ސްޕީޑުގައި ދުއްވާފަ ދިޔަ ސައިކަލެއް އަދި އެތަނުން ދަތުރު ކުރި އިތުރު ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް، ޒިބްރާ ކްރޮސްއަކުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ނިޔާވީ 17 އަހަރުގެ ކުއްޖެކެވެ. އަދި އިތުރު ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްދަލަ އިތުރަށް ތަހުގީގު ކުރަމުން އެވެ.