
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އެކްސިޑެންޓްގައި މަރުވީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކުއްޖަކު މަރުވިއިރު، އިތުރު ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވަނީ ލިބިފައެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ވަނީ ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓް ހިނގީ ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރި މީހެއް ގައިގައި ބާރު ސްޕީޑުގައި ދުއްވާފަ ދިޔަ ސައިކަލެއް އަދި އެތަނުން ދަތުރު ކުރި އިތުރު ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
2022 ވަނަ އަހަރުގެ ޖުލައި މަހުވެސް ހަމަ މި ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވިއެވެ.