
އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
އެކްސިޑެންޓްގައި ޒަހަމްވި އަނެއް ދެ މީހުންގެ ހާލުވެސް ވަރަށް ދެރަ
މުހައްމަދު އާދަމް އަހްމަދު
13 ޖުލައި 2025 - 22:09:12
މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް ގައި އަނިޔާވި އަނެއް ދެ މީހުންގެ ހާލު ވެސް ވަރަށް ދެރަ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
މިރޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް އަނިޔާވި 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ.
މި އެކްސިޑެންޓްގައި ޒަހަމްވި އަނެއް ދެ މީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ގައެވެ. އެ ދެމީހުންގެ ހާލުވެސް ވަރަށް ދެރަކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މި އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މިޑިއާގައި ދައުރުވާއިރު އެ ވީޑިއޯތަކުން ފެންނަ ގޮތުން އެކްސިޑެންޓްވި ސަރަހައްދުގައި ވަނީ ލޭގެ ކޯރެއް ދެމިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓް ހިނގީ ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރި މީހެއް ގައިގައި ބާރު ސްޕީޑުގައި ދުއްވާފަ ދިޔަ ސައިކަލެއް އަދި އެތަނުން ދަތުރު ކުރި އިތުރު ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް