
ވެލާނާ އެއާޕޯޓަށް 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އިއްޔެ އަކީ ތާރީ ދުވަހަކެވެ. ސަބަބަކީ މީ ރާއްޖޭގައި އެއިރޯބްރިޖަކުން މަތިންދާބޯޓާ ގުޅާލި ފުރަތަމަ ފަހަރަށް ވުމެވެ.
އެއާޕޯޓްގެ ތާރީހުގައި މިހާތަނަށް ރާއްޖެއައި ކޮންމެ ފްލައިޓަކުންވެސް މީހުން ފައިބައިފައިވަނީ ސިޑިން ރަންވޭއަށެވެ. އެއީ ކިތަންމެ ހޫނު ދުވަހަކަށްވިޔަސް ކިތަންމެ ބޯކޮށް ވާރޭ ވެހޭ ދުވަހަކަށް ވިޔަސްމެއެވެ.
އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އެމްއޭސީއެލުން އިއްޔެ ވަނީ އެއިރޯބްރިޖް ބޭނުންކުރަން ފެށުމުގެ ޓެސްޓްތައް ބާއްވާފައެވެ. މިކަމުގައި ބޭނުންކުރީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ ދެ މަތިންދާބޯޓެވެ.
ރާއްޖޭގައި އެއިރޯބްރިޖަކުން މަތިންދާބޯޓާ ގުޅާލި ފުރަތަމަ ފަހަރު
އެމްއޭސީއެލްއިން ބުނީ މޯލްޑިވިއަންގެ ވައިޑްބޮޑީ އޭ330 އާއި އެއަށް ވުރެ ކުޑަ އޭ220 ބޯޓު ބޭނުންކޮށްގެން ކުރި ޓެސްޓްތައް ކާމިޔާބު ކަމަށެވެ.
މިމަހުގެ 26 ގައި ހުޅުވާ އާ ޓާމިނަލްގައި ޖުމްލަ 12 އެއިރޯބްރިޖް ހުރެއެވެ. މި ބްރިޖުތަލުގެ ފަސޭހަކަމަކީ ބޯޓުން ފައިބައި ގޮތަށް ޓާމިނަލްގެ ތެރެއަށް ވަދެގެން ދެވުމެވެ.
ރާއްޖޭގައި އެއިރޯބްރިޖަކުން މަތިންދާބޯޓާ ގުޅާލި ފުރަތަމަ ފަހަރު
އިންޓަނޭޝަލަން އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތައް ނިންމުމަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރު (261.8 މިލިއަން ރުފިޔާ) ލޯނެއް ދިނުމުގެ އެއްބަަސްވުމުގައި މިދިޔަ އޭޕްރިލްމަހުގެ 14 ވަނދުވަހު ވަނީ ސޮއިކޮށްފައެވެ. އެ ލޯނަކީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަ ލޯނެވެ. އެގޮތުން މީގެ ކުރިންވެސް އެއާޕޯޓްގެ މަސައްކަތަށް ސައުދީ ފަންޑުން ވަނީ 200 މިލިއަން ޑޮލަރުގެ ލޯނު ދީފައެވެ.
ވެލާނާ އެއާޕޯޓް މަސައްކަތް ނިންމަން ސައުދީގެ އިތުރުންވެސް ބައެއް ގައުމުތަކުން ވަނީ ލޯނު ދީފައެވެ.
- އަބޫ ދާބީ ފަންޑުން 90 މިލިއަން ޑޮލަރު
- އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު
- ކުވޭތު ފަންޑު: 50 މިލިއަން ޑޮލަރު
- ޗައިނާ އެގްޒިމް ބޭންކުން 373.9 މިލިއަން ޑޮލަރު
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ހަވާލުވީ ސައުދީ ބިންލާދިން ގްރޫޕުންނެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 2016 ވަނަ އަހަރުއެވެ.
ރާއްޖޭގައި އެއިރޯބްރިޖަކުން މަތިންދާބޯޓާ ގުޅާލި ފުރަތަމަ ފަހަރު
ސައުދީ ބިންލާދިން ގްރޫޕުން އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަުގެ އަގަކީ 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) އެވެ.