ads
ޝިއާއުގެ މަރުގެ މައްސަލާގައި ޝާހިލް ހައްޔަރުކުރި ވަގުތުގެ ފޮޓޯއެއް
އަނިޔާވެރި މަރުގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް މިއަދު
ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ 2022 ވަނަ އަހަރު ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތެއް މިއަދަށް އަނެއްކާވެސް ތާވަލުކޮށްފިއެވެ.
Advertisement

މިއަދު، ސާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑު އެހުންތައް ތާވަލުކޮށްފައި އޮތީ މެންދުރު ފަހަށެވެ. ޝާހިލްގެ ޝަރީއަތް އެންމެ ކުރިންސުރެވެސް ކުރިއަށްދަނީ ސިއްރުންނެވެ. އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންދާއިރު، ބައެއް މައްސަލަތަކުގެ ބާވަތްވެސްވަނީ ސިއްރުކޮށްފަ އެވެ. އެހެންކަމުން މި ޝަރީއަތުގެ މާގިނަ ތަފްސީލެއް ނުލިބެއެވެ. 

ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ 2022 ވަނަ އަހަރު ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ ފުލުހުންގެ ތަހުގީގަށް ދިން ބަޔާން ބަލައިނުގަތުމަށް އޭނާ އެދުނު ނަމަވެސް އެ ބަޔާން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިންވަނީ ނިންމާފައެވެ.

މީގެ ކުރިން ޝާހިލް އެއްގޮތަކަށްވެސް ތަހުގީގުގައިވެސް އަދި ޝަރީއަތުގައިވެސް ވާހަކަ ނުދައްކައި ހުރުމަށް ފަހު އެންމެ ފަހުން ވާހަކަ ދައްކަން ފަށައި، މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށްވަނީ ބުނެފަ އެވެ.

ޝިއާއު މަރާލުމަށް ފަހު ބޮލާއި ހަތަރެސްފައި ބުރިކޮށްލި މައްސަލާގައި ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ އިތުރުން ސިއްރުކޮށްފައިވާ ދެ ދައުވާއެކެވެ.

"ސީއެންއެމް" އަށް މީގެކުރިން ދިން ހާއްސަ އިންޓަވިއުއެއްގައި ސާހިލްގެ ބައްޕަ ބުނެފައިވަނީ، ސާހިލް އަކީ އޭނާ އެންމެ ލޯބިވާ އެއް ދަރިފުޅު ނަމަވެސް ގަސްތުގައި މީހަކު މަރައިފި ނަމަ އެކަމަކަށް ދޭންޖެހޭ ހައްގު އަދަބު އިސްލާމީ ޝަރީއަތާއި އެއްގޮތަށް ދިނުމަށް އެދޭ ކަމަށެވެ. ޝިއާއުގެ އާއިލާއިން ބޭނުންވަނީ މަރަށް މަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް