
މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ބޮޑުތަކުރުފާނުގައި މަގުގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން އަންނަނީ 16 އަަރުގެ ކުއްޖަކާއި 40 އަހަރުގެ މީހަކަށެވެ.
16 އަަހަރުގެ ކުއްޖަކީ ރޭގެ އެކްސިޑެންޓްވި ސައިކަލްގެ ފަހަތުގައި އިން ކުއްޖާއެވެ. 40 އަހަރުގެ މީހަކީ މަގަށް ދުވަން ނުކުމެ އުޅުނު މީހެކެވެ. އެއީ ބ. ތުޅާދޫއަށް ނިސްބަތްވާ އިބްރާހިމް ސިރާޖްއެވެ.
ސިރާޖަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިިގެންނެވެ. އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެއެވެ. ސިރާޖަށް ލިބިފައިވާ ޒަހަމްތަކުގެ ތެރޭގައި މޫނާއި މޭގެ ބައެއް ކަށިތައް ބިނދިފައިވާކަން ވަނީ އެނގިފައެވެ. އަދި ބޯވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާކަންވެސް ވަނީ އެނގިފައެވެ.
މި އެކްސިޑެންޓްގައި ޒަހަމްވި 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ވޯޑުގައިކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
ރޭގެ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން 17 އަހަރުގެ ކުއްޖާވަނީ އެކްސިޑެންޓްވިތާ މާ ގިނައިރުތަކެއް ނުވަނީސް ނިޔާވެފައެވެ. އެއީ ޔޫސުފް އަލްސަން މުހައްމަދުއެވެ. އަލްސަންގެ ކަށު ނަމާދު މިއަދު އަސުރު ނަމާދަށްފަހު ބޭއްވުމަށް ވަނީ ނިންމާފައެވެ.