މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަދި ސައުދީން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ސައުދީން ރާއްޖެއަށް އާ ސަފީރު ކަނޑައަޅާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވިފައިވަނީ 1981 ވަނަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.
ސައުދީން ރާއްޖެއަށް އެކި ދާއިރާތަކުން، ހާއްސަކޮށް އުމުރާނީ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ.