ads
ޒަކާތު ހައުސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފަގީރުންނަށް އިސްލާމިކް ހެލްތު އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަނީ
ފަގީރުންގެ ދަފްތަރުގައި ތިބި މީހުންނަށް އާސަންދަ ކަވަރުނުކުރާ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޝުއަރެންސް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިއުލާންކޮށްފިއެވެ.
Advertisement

ޒަކާތު ހައުސްއިން މި ހިދުމަތް ތައާރަފްކުރުމުގެ މައިގަނޑު މަގުސަދަކީ ފަގީރުންނަށް އާސަންދައިން ކަވަރުނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ފުރާނަ ސަލާމަތްކުރުމަށްޓަކައި ރާއްޖެއިން ބޭރުން ކުރަންޖެހޭ ފަރުވާއަށާއި ގެންނަންޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ހިދުމަތް ދިނުމަށް ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން އިންޝުއަރެންސް ހިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޒަކާތުގެ ކަންކަން ހަރުދަނާކުރެއްވުމަށް 

"ދިވެހިރާއްޖެ ޒަކާތު ހައުސް"ގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަވާފައިވެއެވެ. 

ފަގީރުންގެ ދަފްތަރު ބަލަހައްޓަނީ މި އިދާރާގެ ދަށުންނެވެ. ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި 2852 ފަގީރުން ހިމެނެއެވެ. ޒަކާތު ފަންޑުން ދަނީ ބޭސްފަރުވާ ހިމެނޭހެން އެކި ކަންކަމަށް އެހީތެރިވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް