
ސްޓަންޓު
ޓެމިލް ފިލްމެއްގެ ސްޓަންޓު ޖައްސަން އުޅުނު އާޓިސްޓެއް މަރުވެއްޖެ
އިމާދު އަލީ
14 ޖުލައި 2025 - 20:07:59
ޓެމިލް ފިލްމެއް ކަމަށްވާ "ވެޓުވަން" ގެ ޝޫޓިންގެ ތެރޭގައި ކާރު ސްޓަންޓެއް ޖައްސަނިކޮށް، ހުނަރުވެރި ސްޓަންޓް އާޓިސްޓް އެސްއެމް ރާޖު، (މޮހަން ރާޖު) މަރުވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހު ޓެމިލްނާޑޫގައި ޕާ.ރަންޖިތު ޑައިރެކްޓްކޮށް، އާރިޔާ ފީޗަރކުރާ ފިލްމުގެ ޝޫޓިންގައެވެ.
ރާޖު ދުއްވަމުންދިޔަ އެސްޔޫވީ ކާރު ޗޭސް ސީނެއްގައި ރޭމްޕެއްގެ މަތިން ދިޔައިރު، ބެލެންސް ގެއްލި ވަރަށް ބޮޑަށް ކާރު ވަނީ ހަލާކުވެފައެވެ. އެކްސިޑެންޓުގެ ކުޑަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރިފައިވާއިރު، މި ސްޓަންޓް ޖެއްސުމުގައި ރާޖުއަށް ކުރިމަތިވި ނުރައްކާތެރި ހާލަތު އެ ވީޑިއޯއިން ފެނެއެވެ.
އަވަސް ފަރުވާއެއް ދިނުމަށް ނަގަޕަޓިނަމް ގަވާމެންޓް މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނެވެ.
ރާޖުއާއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ފަންނާނު ވިޝާލް އެކްސްގައި މި ހާދިސާ އަކީ ހިތާމަވެރިހާދިސާއެއް ކަމަށް ބުނެފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް