
އިންޑިއާގެ އެކްސިއޮމް ސްޕޭސްގެ އެކްސް-4 މިޝަންގެ ދަށުން 18 ދުވަހުގެ މުއްދަތަށް ބައިނަލްއަގުވާމީ ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ހުރުމަށްފަހު، ގްރޫޕް ކެޕްޓަން ޝުބާންޝޫ ޝުކުލާ ސްޕޭސްއެކްސް ޑްރެގަން އުޅަނދުގައި ބިމަށް އެނބުރި ދަތުރުކުރާނެއެވެ. މި މަހުގެ 14 ވަނަ ދުވަހު އެމެރިކާގެ ވަގުތުން ހެނދުނު 6:30 ގައި އައިއެސްއެސްއިން އުޅަނދު ވަނީ ވަކިވެފައެވެ.
އައިއެސްއެސްގައި ހުރި މުއްދަތުގައި ޝުބާންޝޫ އަދި އޭނާގެ އެކްސް-4 ކުރޫ އެކި ބާވަތުގެ ސައިންޓިފިކް ޓެސްޓުތަކާއި، ޓެކްނޮލޮޖީ ޑެމޮންސްޓްރޭޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އާއި އެކްސިއޮމް ސްޕޭސްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި މިޝަނެކެވެ.
މިއީ އިންޑިއާއިން 2035 ވަނަ އަހަރު ވަކި ސްޕޭސް ސްޓޭޝަނެއް ބިނާކުރުމަށާއި، 2040 ވަނަ އަހަރު ހަނދުގައި އިންސާނުން ދިރިއުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަޅަމުންދާ އެއް ފިޔަވަޅެވެ. ސްޕޭސްއެކްސް ޑްރެގަން އުޅަނދު ފްލޮރިޑާގެ އައްސޭރިފަށުގައި ޖައްސާނެކަމަށް ލަފާކުރެވެއެވެ. މި އުޅަނދު ބިމަށް ޖެއްސުމުގެ ކަންތައްތައް ދަނީ އިސްރޯ އަދި ނާސާއިން ގާތުން ބަލަމުންނެވެ.