ads
އަބްދު ރޮޒިކް
ވައްކަމުގެ ތުހުމަތުގައި އެއާޕޯޓުގައި ހައްޔަރުކުރި ހަބަރު ދޮގުކޮށްފި
އަބްދު ރޮޒިކް ދުބާއީ އެއާޕޯޓުގައި ހައްޔަރު ކުރެވުނު ކަމަށް ދެކެވުނު ވާހަކަތައް ދޮގުކޮށްފިއެވެ.
Advertisement

ޓެޖިކިސްތާނީ ލަވަކިޔުންތެރިޔާ އިންޑިއާ އިންޓަނޭޝަނަލް އިންފްލުއެންސާ އެވޯޑްސްގައި ބައިވެރިވެ މިކަން ދޮގުކުރަމުން ބުނީ "މާތްﷲ އަބަދުވެސް ވޮޑިގެން ވަނީ ރަނގަޅު މީހުންނާއެކު" ކަމަށެވެ. 

އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި، އަބްދު ރޮޒިކް ބުނީ، "ދުބާއީ އަކީ އަޅުގަނޑު ވަރަށް ލޯބިވާތަނެއް. އަހަރެން ރަނގަޅު، ހުރިހާ ކަމެއްވެސް ރަނގަޅު،" ކަމަށެވެ. 

ދުބާއީ އެއާޕޯޓުގައި މިމަހު 12 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި އަބްދު ރޮޒިކް ހަޔަރުކުރި ކަމަށް ރިޕޯޓްތަކުގައި ބުނެފައިވާއިރު، އޭނާގެ މެނޭޖްމަންޓް ޓީމް، އެސް-ލައިން ޕްރޮޖެކްޓުން ހަލީޖު ޓައިމްސްއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ އޭނާ ހައްޔަރު ނުކުރާ ކަމަށާއި ސުވާލުކުރުމަށް ވަގުތީކޮށް ހިފެހެއްޓީކަމަށެވެ.

"ބިގް ބޮސް 16" ގެ ކޮންޓެސްޓެންޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި 21 އަހަރުގެ އަބްދު އަކީ އިނގިރޭސި ވިލާތުން ހާއްސަ ގޯލްޑަން ވިސާއެއް ދީފައިވާ މީހެކެވެ. 

އަބްދު ދުބާއީ އެއާޕޯޓުގައި ހައްޔަރުނުކުރި ނަމަވެސް، އޭނާގެ ބަޔާނެއް އެ އާޕޯޓުގައި ނަގާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް