
ޒަމާނީ ފަރުމާއަކަށް ހަދާފައިވާ އެ ޝޯރޫމުން އެ ކުންފުނީގެ މައި އިލެކްޓްރިކް ކާރު، މޮޑެލް މިހާރު ވަނީ ދައްކާލާފައި އެވެ. މި ކާރުގެ އަގު ފެށެނީ 60 ލައްކަ ރުޕީސް (ގާތްގަނޑަކަށް 70،000 ޑޮލަރު) އިންނެވެ.
މިއީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އޮޓޯމޯބައިލް މާކެޓަށް ޓެސްލާ ވަނުމަށް ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރެވުނު މުހިންމު ފިޔަވަޅެކެވެ. ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތައް ގިނަ ބަޔަކު ޖަމާވި އެވެ.
ޝޯރޫމް ހުޅުވި ރަސްމިއްޔާތުގައި މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ދޭވެންދްރާ ފަޑްނާވިސް، ވިދާޅުވީ އިންޑިއާގައި އާރްއެންޑްޑީ އާއި މެނުފެކްޗަރިންގެ މަސައްކަތްތައް ކުރާތަން ދެކެން ބޭނުން ވާ ކަމަށާއި، ޓެސްލާ މިކަމާ އެކަށީގެންވާ މަރުހަލާއެއްގައި ވިސްނަން ޖެހޭ ކަމަށެވެ.
މޮޑެލް ވައިގެ މަތީ އަގުގެ ސަބަބުން މި ކާރު ހިމެނެނީ ލަގްޒަރީ ކާރުތަކުގެ ގިންތީގަ އެވެ. ޓެސްލާ އިން އަމާޒުކުރާނެ ކަމަށް ބެލެވޭ ފަރާތްތަކަކީ ތަނަވަސްކަން ހުރި، ސިޓީތަކުގައި ދިރިއުޅޭ މީހުންނެވެ. އަދި ބީއެމްޑަބްލިއު އަދި މާސިޑީސް-ބެންޒް ފަދަ އިސްތަބްލިޝްޑް ޕްރިމިއަމް އިލެކްޓްރިކް ކާރު ކުންފުނިތަކާ ވާދަކުރާނެ ކަމަށް ބެލެވެ އެވެ.
ޓެސްލާ އިންޑިއާ މާކެޓަށް ވަދެފައިވަނީ، އިންޑިއާ ސަރުކާރުން 2030 ވަނަ އަހަރާ ހަމައަށް ކާރު ވިއްކޭ މިންވަރުގެ 30 އިންސައްތައަށް އިލެކްޓްރިކް ކާރުގެ ވިއްކުން އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މިހާރު އިލެކްޓްރިކް ކާރުގެ ވިއްކުން ހުރީ 4 އިންސައްތައިގަ އެވެ. އިލެކްޓްރިކް ކާރުތައް އިތުރުކުރުމަށް ހިންގާ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް ހިތްވަރުދިނުންތަކާއި، ޓެކްސް ކުޑަކުރުމާއި، ބޭރުގެ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނިތަކަށް ގަވައިދުތައް ލުއިކޮށްދިނުން ހިމެނެ އެވެ.
ޓާޓާ މޯޓާސް އާއި މަހިންދްރާ ފަދަ އެހެން ކުންފުނިތަކުން މާކެޓަށް ގިނަ އިލެކްޓްރިކް ކާރުތައް ނެރެމުންދާ މި ދަނޑިވަޅުގައި ޓެސްލާ އިންޑިއާ މާކެޓަށް ވަނުމަކީ، އެ ގައުމުގައި އިލެކްޓްރިކް ކާރުގެ މާކެޓް އިތުރަށް ތަފާތުވެ، ވާދަވެރިވެގެންދާނެކަމުގެ ސިގްނަލެކެވެ.