ads
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، އޯކިޑް މާގަހަކަށް ނަންދިނުމުގެ ޚާއްސަ ރަސްމިއްޔާތަށް ވަޑައިގަތުން
ދެ އަހަރު ދުވަހަށް ރައީސް އޮފީހަށް މާ ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ
ދެ އަހަރު ދުވަހަށް ރައީސް އޮފީހަށް މާ ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.
Advertisement

ރައީސް އޮފީހުގެ ހާއްސަ ބޭނުންތަކަށް މާ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ބޭނުންވަނީ ތިރިކޮށް، އޯވަލް ޝޭޕަށް ހުންނަ މަލެވެ. މިގޮތުން ފޯރުކޮށްދޭ މާ ވާންޖެހޭނީ ތިން ދުވަސް ވަންދެން މޯޅިނުވެ ހުންނަ މަލަށެވެ.

މައުލޫމާތު ޝީޓުގައި ބުނެފައިވާ ގޮތުން ގެންނަ މާ ބޮނޑިއެއްގެ ދިގުމިނުގައި 18 އިންޗި ހުންނަން ޖެހޭނެއެވެ. އަދި އެ ތަކެތި ރައީސް އޮފީހަށް ގެންނަން ޖެހޭނީ ހަފުތާއަކު ދެ ދުވަހުއެވެ. ކޮންމެ ދުވަހަކު ހަ މާބޮނޑި ބޭނުންވާނެ ކަމަށް އިއުލާންގައި ބަޔާންކޮށްފައިވެއެވެ.

މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، އަންނަ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، އަންނަ ބުރާސްފަތި ދުވަހުގެ 10:00 އަށް ރައީސް އޮފީހަށް ހާޒިރުވެ އަންދާސީހިސާބު ހުށަހަޅަން ޖެހޭނެއެވެ. މި ބީލަން ދިނުމުގައި އެންމެ އިސްކަމެއް ދޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށާއި، އެއަށް 80 މާކްސް ދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މަސައްކަތު ތަޖުރިބާއަށާއި މަސައްކަތު ފެންވަރަށް 10 މާކްސް އެއް ދޭނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް