ads
ރައްޔިތުންގެ މަޖިލިސް
އާންމުގެ ފަރާތުން އިދްރީސް ފައުޒީ ޖޭއެސްސީއަށް ހޮވަން މަޖިލީހުން ފާސްކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން އައްޔަން ކުރާ މެންބަރެއްގެ ގޮތުގައި އިދްރީސް ފައުޒީ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
Advertisement

މިއަދު މަޖިލީހުގެ ތަޅުމުގައި ބޭއްވި ވޯޓުގައި 62 މެންބަރުން ވަނީ ފައުޒީ އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އެއް މެންބަރަކު ވަނީ އޭނާ އައްޔަން ކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައިވާއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވެ.

ޖޭއެސްސީގެ މެންބަރަކަށް ވުމަށް އެދި ހުށަހެޅި އަށް މީހުންގެ ތެރެއިން ޖުޑީޝަރީ ކޮމިޓީއިން އިންޓަވިއު ކުރީ ހަ މީހަކާއެވެ. އިންޓަވިއު ކުރި މީހުންގެ ތެރެއިން އިދްރީސް ފައުޒީއަށް ލިބިފައިވަނީ 81 މާކްސްއެވެ. އޭނާއާއި އިތުރު ތިން ފަރާތަކަށް 75 އަށް ވުރެ ގިނަ މާކްސް ލިބިގެން ވަނީ ކޮމިޓީއިން މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.

އޭނާ ފުރަތަމަ ވަޒީފާ އަދާކުރީ ކަލައިދޫ ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ހައުސިން މިނިސްޓްރީގައި ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މިހާރު ފައުޒީ ހުންނެވީ ކަލައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް