ads
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރެއްވުން
ނޮޅިވަރަންފަރު ތަރައްގީގެ ކަންކަމަށް އަވަސް ހައްލު ހޯދައިދޭނެ: ނައިބު ރައީސް
ހދ. ނޮޅިވަރަންފަރު ތަރައްގީގެ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
Advertisement

މިކަން އެމަނިކުފާނު ވިދާޅުވީ މިއަދު މެންދުރު ރައީސް އޮފީހުގައި ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރެއްވުމަށްފަހުގައެވެ.

މި ބައްދަލުވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް ދިމާވާ އެކި ގޮންޖެހުންތައް ނައިބު ރައީސާ ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ރަށު ސްކޫލުގެ ޖާގައިގެ ދަތިކަމާއި، އަލަށް އަޅަން ހަމަޖެހިފައިވާ ކްލާސްރޫމްތަކުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދުން ހިމެނެއެވެ. އަދި އަލަށް ހަދާފައިވާ ހައުސިންގ ޔުނިޓްތަކުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދިނުމަށާއި، ރަށުގައި ޓޫރިޒަމް ފުޅާކުރުމާއި، ކުނި މެނޭޖްކުރުމުގެ ނިޒާމަކާއި ހެލްތު ސެންޓަރުގެ ހިދުމަތްތައް ރަނގަޅުކުރުމަށްވެސް ކައުންސިލުން އެދިފައިވެއެވެ.

ނައިބު ރައީސް ވިދާޅުވީ ކައުންސިލުން ހުށަހެޅުއްވި ކަންކަމަށް ސަމާލުކަން ދެއްވާނެކަމަށާއި، އަވަސް ހައްލެއް ހޯދައިދެއްވުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަވާނެކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހދ. ނޮޅިވަރަންފަރު އަދި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ދެއްވާ ސަމާލުކަމުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް