ads
ބޮލީވުޑްގެ ވެޓެރަން އެކްޓަރ ދީރަޖް ކުމާރު
ބޮލީވުޑްގެ ވެޓެރަން އެކްޓަރު ދީރަޖް ކުމާރު މަރުވެއްޖެ
ބޮލީވުޑްގެ ވެޓެރަން އެކްޓަރު، ޑިރެކްޓަރު އަދި ޕްރޮޑިއުސަރު ދީރަޖް ކުމާރު 80 އަހަރުގައި މަރުވެއްޖެއެވެ.
Advertisement

މުންބާއީގެ ކޮކިލަބެން ދީރުބާއީ އަންބާނީ ހޮސްޕިޓަލްގައި މިއަދު އޭނާ މަރުވީ ނިއުމޯނިއާ އާއި ހިތުގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ. ޖުލައި 12 ގައި އޭނާ ހޮސްޕިޓަލަށް ވެއްދުމަށްފަހު އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ގެންދިޔައެވެ.

ދީރަޖް ކުމާރު 50 އަހަރަށް ވުރެ ގިނަ ދުވަހު ފިލްމީ ދާއިރާގައި ހިދުމަތްކޮށްފައިވެއެވެ. އޭނާގެ ކެރިއަރު ފެށުނީ 1965 ގައި ޓެލެންޓް ކޮންޓެސްޓެއްގައި ރާޖޭޝް ކަންނާ އަދި ސުބާޝް ގާއީއާއެކު ފައިނަލިސްޓެއްގެ ގޮތުގައެވެ. އޭނާ ވަނީ "ރޯޓީ ކަޕްޑާ އޯރް މަކާން" (1974)، "ސްވާމީ"، "ކްރާންތީ" އަދި "ހީރާ ޕަންނާ" ފަދަ ހިންދީ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. މީގެ އިތުރުން 1970 އާއި 1984 ދެމެދު 21 ޕަންޖާބީ ފިލްމުގައިވެސް އޭނާ ވަނީ އެކްޓްކޮށްފައެވެ.

ކްރިއޭޓިވް އައި ލިމިޓެޑްގެ ބާނީއެއްގެ ހައިސިއްޔަތުން، ދީރަޖް ކުމާރު ވަނީ "އޯމް ނަމާ ޝިވާއީ"، "ޝްރީ ގަނޭޝް" އަދި "ޖައި ސަންތޯޝީ މާ" ފަދަ އިންޑިއާގެ މަޝްހޫރު ޓީވީ ޝޯތައް އުފައްދައި އިންޑިއާގެ ޓެލެވިޒަން ދާއިރާ ބައްޓަންކުރުމުގައި ބޮޑު ހިއްސާއެއް އަދާކުރިއެވެ. އޭނާގެ ޢާއިލާއިން ދީރަޖް ކުމާރުގެ ނިޔާވުން ޔަގީންކޮށްދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް