ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުން
ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަ ނަމަ އެއާޕޯޓް ވަރަށް ރީތި ވާނެ: ނަޝީދު
ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަ ނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އާ ޓާމިނަލް ވަރަށް ރީތި ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންކްރިޓް ބިއްލޫރީ އަދި ޕްލާސްޓިކްގައި އަވާގައި ޖެހި، އެއީ ތަރައްގީ ކަމަށް ދެކެނީ ނަމަ އެއީ ހަނި ވިސްނުމެއް ކަމަށެވެ. އަދި ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލްވެސް ރީތިވާނީ، ވަޅި ރީތީ ކަމަށް ބުނާ މިސާލުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އާ އެއާޕޯޓްގެ ސަބަބުން ޓޫރިސްޓުން އަންނަވަރު އިތުރުވާ މިންވަރާއި އިގްތިސާދު ކުރިއަރާ، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަ ނަމަ ވެލާނާ އެއާޕޯޓް ވަރަށް ރީތިވާނެ،" ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ އާ ޓާމިނަލްގެ މަސައްކަތް ނިންމައި، އެ ތަން ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން މިހާރު ވަނީ ފަށައިފައެވެ.

އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތްދެވޭ އާ ޓާމިނަލްގައި 48 ޗެކިން ކައުންޓަރު ހުރެއެވެ. އަދި ފުރާ މީހުންނަށް ހާއްސަކޮށްގެން އިމިގްރޭޝަންގެ 20 ކައުންޓަރާއި، އަންނަ މީހުންނަށް ހާއްސަކޮށް 28 ކައުންޓަރު ހުރެއެވެ. މި ޓާމިނަލްގެ މަސައްކަތް ނިންމަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހޯދައިފައެވެ. ޓާމިނަލްގެ މަޝްރޫއު ނިމޭއިރު، ނުވަ ބިލިއަނެއްހާ ރުފިޔާ އަރާނެ ކަމަށް ބެލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް