ads
ޕީއެސްއެމްގެ ކޮންޓްރޯލް ރޫމެއް: ލައިވް އިވެންޓެއްގައި ގުރުއާނުން ތަންކޮޅެއް އުނިވާ ގޮތަށް ދެއްކުނީ ކޮންޓްރޯލްގައި ތިބި މުވައްޒަފުންގެ އިހުމާލުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައި. - ފޮޓޯ: މިހާރު
ޕޯޗުގަލް ކުންފުންޏަށް ދައްކަންޖެހޭ 39,750 ޔޫރޯ: ޕީއެސްއެމަށް ކޯޓުން އާ ސުންގަޑިއެއް ދީފި
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ޕޯޗުގަލް ކުންފުންޏަކަށް ދައްކަންޖެހޭ 39,750 ޔޫރޯ ދެއްކުމަށް ސިވިލް ކޯޓުން އާ ސުންގަޑިއެއް ކަނޑައަޅައިފިއެވެ.
Advertisement

މިއީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް ބޭނުންކުރި ސޮފްޓްވެއާއަށް ދައްކަންޖެހޭ ފައިސާއެވެ.

ކޯޓުން މިހާރު ކަނޑައަޅާފައިވާ ގޮތުން، ޕީއެސްއެމުން ފައިސާ ދައްކަން ފަށަންޖެހޭނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ އެކަކުން ފެށިގެންނެވެ. އަދި މި ފައިސާ ދައްކައި ނިންމަންޖެހޭނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ އެކަކުގެ ނިޔަލަށެވެ. ކޮންމެ މަހެއްގެ ޕޭމަންޓް އެ މަހެއްގެ އެއްވަނަ ދުވަހު ދައްކަމުންގޮސް ފައިސާ ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުން އަންގާފައިވެއެވެ.

މި މައްސަލައަކީ "ވިސްޑަމް ވިސްޑަމް ޓެލެވިޒަމް- ސިސްޓެމަސް އިންފޯމަޓިކޮސް ޕެއާ ޓެލެވިޒޯ އެލްޑީއޭ" ކިޔާ ޕޯޗުގަލް ކުންފުންޏަކުން ޕީއެސްއެމްގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ. ކުރިން ކޯޓުން ހުކުމްކޮށްފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 14 ގެ ކުރިން މި ފައިސާ ދައްކައި ހަލާސްކުރުމަށެވެ. ނަމަވެސް ޕީއެސްއެމުން ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، އަލުން މައްސަލަ ކޯޓަށް ހުށަހެޅުމުން މިހާރު މި ދެވަނަ ހުކުމް ކޮށްފައިވަނީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް