ads
މިޔަރެއް
ހުޅުމާލޭގައި މޫދަށް އެރޭ ސަރަހައްދެއްގައި މިޔަރު: ވީޑިއޯގެ ހަގީގަތަކީ ކޮބާ؟
ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާއި ދެމެދު އޮންނަ ޗެނަލްގައި މިޔަރު އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ހަތަރު އަހަރެއްހާ ދުވަސް ކުރިން ނަގާފައިވާ ވީޑިއޯއެއްކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.
Advertisement

ދެލައްކައަށްވުރެ ގިނަ މީހުން ބަލާފައިވާ މި ވީޑިއޯގައި ދެފިޔަވަހި ދެމެދުގައި އޮންނަ ޗެނަލްގައި ފެމުނު އުޅޭ މަންޒަރު ފެންނަ ކަމަށް ބުނެއެވެ. ވީޑިއޯ ބެލި ގިނަ މީހުން ވަނީ އެސަރަހައްދުގައި މިޔަރު އުޅޭތީ އެސަރަހައްދުގެ މޫދަށް އެރުން ރައްކާތެރި ނޫންކަމަށް ބުނެފައެވެ.

ނަމަވެސް މައުލޫމާތު އެނގޭ ފަރާތްތަކާ ހަލާވާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން، މިހާރު ދައުރުކުރަމުން ދާ ވީޑިއޯއަކީ ހަތަރު އަހަރު ކުރިން ނަގާފައިވާ ވީޑިއޯއެކެވެ. 

ހުޅުމާލެ ދެ ފޭސް ގުޅާލާ ބުރިޖު ދެމެދުގައި އޮންނަ ޗެނަލަކީ މިހާރު މޫދަށް އެރޭ މީހުންގެ ސަމާލުކަން ލިބި ގިނަ ބަޔަކު މޫދަށް އެރޭ ސަރަހައްދެކެވެ. އެ ސަރަހައްދަށް މޫދަށް އެރޭ މީހުން ބުނަނީ  މިއީ އެސަރަހައްދަށް މޫދަށް އަރާ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ފަތުރަމުންދާ ވީޑިއޯއެއް ކަމަށެވެ. 

ނަމަވެސް މިކަމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާއަކުން އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރެއެވެ. އަދި އެ ސަރަހައްދުން މީހަކަށް ދުވަހަކުވެސް މިޔަރެއް ހަމަލާދީގެން ރިޕޯޓުކޮށްފައެއް ވެސް އަދި ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް