ads
މާލޭގައި މިރޭ ހިނގި އެކްސިޑެންޓް
ޒިބްރާ ކްރޮސްމަތީ ހުއްޓައި ސައިކަލުން ޖެހުނު މީހާ އަދިވެސް ވެންޓިލޭޓަރުގައި
މާލޭގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒިބްރާ ކްރޮސްމަތީ ހުއްޓައި ސައިކަލުން ޖެހުނު މީހާ އަދިވެސް ވެންޓިލޭޓަރުގައި އޮތްކަމަށް އައިޖީއެމްއެޗުން މިއަދު ހާމަކޮށްފިއެވެ.
Advertisement

މި ހާދިސާގައި އަނިޔާވީ ބ. ތުޅާދޫއަށް ނިސްބަތްވާ 40 އަހަރުގެ މީހެކެވެ. އޭނާ މިވަގުތު އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ބޮޑުތަކުރުފާނުމަގު މާފަންނު ބަސް ޓާމިނަލް ކުރިމަތިން ހިނގި މި އެކްސިޑެންޓްގައި ނިޔާވީ 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދެވެ. އޭނާއަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ. މި ހާދިސާގައި އިތުރު 16 އަހަރުގެ ކުއްޖަކަށްވެސް އަނިޔާވެ، އެ ކުއްޖާއަށް މިހާރު އަންނަނީ ވޯޑުގައި ފަރުވާދެމުންނެވެ.

ހޮސްޕިޓަލުން ބުނިގޮތުގައި 40 އަހަރުގެ މީހާއަށް ސައިކަލުން ޖެހުނީ އޭނާ ކަސްރަތަށް ދުވަމުން ގޮސް، ބަސް ޓާމިނަލް ކައިރީގައި އޮންނަ ޒިބްރާ ކްރޮސްއިން މަގުގެ އަނެއް ފަރާތަށް ދާން ދުއްވައިގަތް ވަގުތުއެވެ.

ނަމަވެސް ހާދިސާގައި އަނިޔާވި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް