ads
ސަލްމާން މިސްކިތުގައި ޤާއިމްކޮށްފައިވާ އިސްލާމިކް ލައިބްރަރީ
އިސްލާމިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި
އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖޭގެ އިސްލާމީ ކުތުބުހާނާތަކަށް ބޭނުންވާ ފޮތް ހޯދުމާއި، ފޮތް ހަދިޔާކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

މިއީ ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީއާއި އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ހަދާ ލައިބްރަރީތަކަށް ވެސް ހިމެނޭ ފުރުސަތެކެވެ. ކިންގް ސަލްމާން މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުހާނާއަށް ބޭނުންވަނީ އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ފޮތްތަކެވެ.

ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހަދިޔާ ކުރަން ބޭނުންވާ ފޮތްތަކާ ގުޅޭ މައުލޫމާތު [email protected] އަށް މެއިލް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވެއެވެ. އަދި ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ. ފޮތްތައް ވިއްކަން ބޭނުންވާ ފަރާތްތަކުން ވެސް ފޮތްތަކުގެ ނަންތަކާއި އަގުތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށައަޅައިގެން އެކަން ކުރިއަށްގެންދެވޭނެއެވެ.

ކިންގް ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ތަރައްގީކޮށްފައިވާ އިސްލާމީ ކުތުބުހާނާގައި 15،000 އަށްވުރެ ގިނަ ފޮތް ހިމެނެއެވެ. މި ކުތުބުހާނާ ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މިއަހަރު ރާއްޖޭގެ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީ ގާއިމުކޮށް ނިންމާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް