
މި މަސައްކަތް މި ފެށޭ ހަފުތާގައި ފެށޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ހާމަކުރެއްވިއެވެ.
ފިޝަރީޒް މިނިސްޓްރީއާއި ނެއްލައިދޫ ކައުންސިލާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައި ނެއްލައިދޫ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ނެއްލައިދޫގެ ޒުވާނުންނަކީ މުނިފޫހިފިލުވުމުގެ މަސްވެރިކަން ކުރަމުން އަންނަ ބައެއް ކަމަށާއި، އެސަރަހައްދުގައި ސްޕޯޓްސް ފިޝިން ކަނދުފަތި ގާއިމުކޮށްދިނުމަށް ކައުންސިލުން އެދުނެވެ. މީގެއިތުރުން ރާއްޖެއިން ބޭރަށް ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ސްޓޭޓް މިނިސްޓަރު މުއްތަލިބު ވިދާޅުވީ ނެއްލައިދޫގައި ގާއިމުކުރާ ފެޑް ސެންޓަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، އަންނަ އަހަރު ފެޑް ސެންޓަރު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. އަދި މިހާރުވެސް ޗައިނާއަށް ހުއިފިލަނޑާ އެކްސްޕޯޓް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ބައިވެރިވިއެވެ.