
މިމަހުގެ ނިޔަލަށް އެމެކްސް ޕްލެޓިނަމް ކާޑުން މުއާމަލާތްކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ކަސްޓަމަރަކަށް، އިތުރު ދެ ބޭފުޅަކާއެކު ސިންގަޕޫރުގައި އޮންނަ ފޯމިއުލާ 1 ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަނުގައި ހޮވޭ ކަސްޓަމަރުންނަށް އެމެކްސް ސްކައި ސޫޓް ޓިކެޓް، ސިންގަޕޫރު ގްރޭންޑް ޕްރިކްސް 2025 އަށް ތިން ދުވަހުގެ އެކްސެސްއާއެކު އެމެކްސް ސްކައި ސޫޓް ފާސް، ސިންގަޕޫރުގައި ތިން ރޭ ހުރުން އަދި ހާއްސަ އެފް1 ގިފްޓް މަރޗަންޑައިސް ޕެކް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް، ޕީއޯއެސް މެދުވެރިކޮށް، އޮންލައިން އަދި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުގައި 3،000 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރަންޖެހޭނެއެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ. ބީއެމްއެލް އިން ރާއްޖޭގައި ފުރަތަމަ ކްރެޑިޓް ކާޑުތައް ތައާރަފުކޮށްފައިވާއިރު، އެމެކްސްއާއެކު "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން މާކެޓިން ކެމްޕޭންވެސް ފަށައިފައިވެއެވެ. މި ޕްރޮމޯޝަނަކީ ބީއެމްއެލް އެމެކްސް ކަސްޓަމަރުންނަށް ދެވޭ އިތުރު ހާއްސަ އިނާޔަތެކެވެ.